ވޯކްޝޮޕް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ހަރިސް ރަފީގް - ފޮޓޯ: އަވަސް

އިސްލާމްދީނާ ޚިލާފު ވޯކްޝޮޕް ބޭއްވި މައްސަލަ ބަލަނީ

އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި ޚިލާފު ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާތީ އެކަން ބަލަމުންދާކަމަށެވެ.

ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމާއަތަކުން ރާއްޖޭގައި މިފަދަ ވޯކްޝޮޕްތަކެއް ހިންގާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެންމެ ދެކުނުން އައްޑޫ ސިޓީއާ އުތުރުން ހދ. ހަނިމާދޫގައި މިފަދަ ވޯކްޝޮޕްތަކެއް ބާއްވާފައިވާކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

އިސްލާމް ދީނާއިމެދު ނަފްރަތު އުފުދޭ ވާހަކަ ދެއްކުމުގެ މަޝްހޫރު ކުއިލިއަމް ފައުންޑޭޝަނުން ބާއްވާ މިވޯކްޝޮޕްތައް ބޭއްވުމަށް ހަރަކާތްތެރިވަނީ ހަރިސް ރަފީޤު ނަމަކަށް ކިޔާ އިނގިރޭސިވިލާތު ރައްޔިތެކެވެ.

މިވޯކްޝޮޕްތަކުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނާގޮތުގައި، ދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ބައެއް ކަންކަން އެއީ ހުއްދަ ކަންކަން ކަމުގައި ދައްކަންވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން އެއްޖިންސުން ކައިވެނި ކުރުމާއި، އެހެންދީންތަކަށް ފުރުޞަތު ދޭންޖެހޭކަމަށް ވާހަކަ ދައްކާފައިވެއެވެ.

މިވާހަކަތަކާއި ގުޅިގެން ވޯކްޝޮޕްތަކުގެ ބައިވެރިން ހިތްހަމަ ނުޖެހުން ފާޅުކުރުމުން އެއީ އާންމުންގެ ޚިޔާލު ހުރި ގޮތް ބަލާލީ ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކޮށްފައިވާކަމަށްވެސް ވޯކްޝޮޕްގެ ބައިވެރިން ބުންޏެވެ.

އަދި މުޖުތަމައުގައި ހަރުކަށި ފިކުރު ފެތުރޭގޮތް ކަމަށް ބުނެ ވޯކްޝޮޕްގައި ވާހަކަ ދައްކާފައިވާއިރު، އިސްލާމީ ޝަރީއަތް ޤާއިމް ކުރަން ބޭނުންވާކަމަށް ބައެއް ބައިވެރިން ބުނުމުން ރަފީޤްވަނީ އެކަމާ ހަރުކަށި ފިކުރާ ގުޅުވާފައެވެ.

(ތަފްޞީލް އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ