ވިސާ ފެސިލިޓޭޝަން ސާވިސަސް ގްލޯބަލް ގްލޯބަލް (ވީއެފްއެސް) އޮފީސް ހުޅުއްވައިދެއްވަނީ | ފޮޓޯ : މިހާރު

ރާއްޖޭގައި ތިބެގެން ޖަރުމަނާއި ޗެކް ރިޕަބްލިކަށް ދާން ވިސާ ލިބޭނެގޮތް ހަމަޖައްސައިފި

ޖަރުމަނު އަދި ޗެކް ރިޕަބްލިކް ޝެންގެން ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވައި އެ ދެގައުމަށް ދާން ބޭނުންވާ ވިސާ އެސެންޓަރުން ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މި ވިސާ ސެންޓަރ ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ވިސާ އާ ނުލާ ދިވެހިންނަށް ޔޫރަޕުގެ އެހެން ގައުމުތަކަށްވެސް ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދު ހުޅުވި މި ޝެންގަން ވިޝާ ސެންޓަރާއިއެކު ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ވިސާ ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރަން ސީދާ ރާއްޖޭން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ނިއު ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮލޮމްބޯއަށެވެ.

ޖަރުމަންވިލާތުން ރާއްޖޭގައި ވިސާ ސެންޓަރެއް ޤާއިމްކުރާނެކަން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެންނަމުންދާ އިސްލާހީ ބަދަލުތައް ޔޫރަޕުގެ އިއްތިހާދުން ބަލައިގެންފައިވާ މިންވަރު މިއަދު ސާފުކޮށް ފެންނަމުން މިދަނީ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިސެންޓަރު ހުޅުއް މިނިސްޓަރ ޝާހިދުގެ އިތުރުން ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް އާއި ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މީލާން ހޮވަރުކާ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ