ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓާ - ފޮޓޯ:އަލީ ވިޝާމް

ކޮވިޑް-19 އާއި ގުޅިގެން ޓްރީޓޮޕްގެ ޒިޔާރަތްކުރުމުގެ ޕޮލިސީއަށް ބަދަލު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލްގެ ޒިޔާރަތްކުރުމުގެ ޕޮލިސީއަށް ބަދަލު ގެނެސްފިއެވެ.

އެހޮސްޕިޓަލުން މިއަދު އާންމުކުރި އިޢުލާނެއްގައި ވިދާޅުވީ، މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޯވިޑް-19) ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ހޮސްޕިޓަލަށް ޒިޔާރަތްކުރުމުގެ އައު ޕޮލިސީ އެކުލަވާލާފައިވާކަމަށެވެ.

މިއަދުން ފެށިގެން (10 މާރިޗު 2020) ޢަމަލުކުރާގޮތަށް އެކުލަވާލި މިޕޮލިސީގައި ވާގޮތުން ކްރިޓިކަލް ކެއަރ ޔުނިޓް (ސީ.ސީ.ޔޫ) އިންޓެންސިލް ކެއަރ ޔުނިޓު (އައި.ސީ.ޔޫ)، ހައި ޑިޕެންޑެންސީ ޔުނިޓް (އެޗް.ޑީ.ޔޫ)، ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ) އަދި ޑޭ ކެއަރ ޔުނިޓް (އެސް.ޑީ.ސީ.ޔޫ)ގެ ޒިޔާރަތްކުރުން ވަގުތީގޮތުން ވަނީ މެދުކަޑާނލާފައިވާއިރު، އެހީތެރިޔާގެ އެހީ ބޭނުންވަންދެން ވެއިޓިންގ އޭރިއާގައި މަޑުކޮށްލުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ލޭބަރ ވޯޑުގައި މަޑުކުރެވޭނީ ފިރިމީހާ ނުވަތަ އެހީތެރިޔާ އެކައްޏެވެ.

އިން-ޕޭޝަންޓް ޕްރައިވެޓް ރޫމްސް އަދި ސުއިޓްސްއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ވަގުތު ހެނދުނު 11:00 އިން މެންދުރު 12:00 އަދި ހަވީރު 18:00 އިން ރޭގަނޑު 19:00 އަށް ބަދަލުކޮށްފައިވާއިރު، 14 އަހަރުން ދަށުގެ އެއްވެސް ފަރާތެއް މިސަރަހައްދުތަކަށް ޒިޔާރަތްނުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.

"އައުޓް-ޕްޝަންޓް ކްލިނިކަށް އެހީތެރިޔާ ނުވަތަ ބެލެނިވެރިއެއްގެ ގޮތުގައި 1 ފަރާތްތައް އިޚްތިޔާރުކުމަށް އިލްތިމާސް ކުރަން. ކުޑަކުދިން އަބަދުވެސް 1 ބެލެނިވެރިއެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އިލްތިމާސް ކުރަން." ޓްރީޓޮޕް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މީގެއިތުރުން ޓްރީޓޮޕްގެ މިއިޢުލާނުގައި ވިދާޅުވީ، ހުން، ރޮގާ، ފްލު، ނުވާލުމުގެ ނިޒާމުގެ ބަލިތައް އަދި ކޮވިޑް-19 ގެ އަލާމާތްތަށް ފެންނަ ފަރާތްތައް އެހޮސްޕިޓަލްގެ މުވައްޒަފުން ލަސްނުކޮށް އެމަރޖެންސީ ރޫމަށް ގެންގޮސްދޭނެކަމަށާއި، އަދި މިފަދަ އެއްވެސް ބޭފުޅެއް އިން.ޕޭޝަންޓް ފެސިލިޓީސް ކަމުގައިވާ ސީ.ސީ.ޔޫ، އައި.ސީ.ޔޫ، އެޗް.ޑީ.ޔޫ، އެން.އައި.ސީ.ޔޫ އަދި އެސް.ޑީ.ސީ.ޔޫ އަށް ވަނުން ހުއްދަނޫންކަމުގައި ގައިވެސް ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ވިދާޅުވީ އެހޮސްޕިޓަލުން އަބަދުވެސް އެންމެ އިސްކަންދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ