ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގްއުން ރަޝިއާ އަށް ވަޑައިގެންފި

ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އާއެކު ބާއްވަން ހަމަޖެހިފައިވާ ރަސްމީ ވާހަކަތަކަށް ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގްއުން ރަޝިއާ އަށް ވަޑައިގެންފިއެވެ.

ކިމް ރަޝިއާ އަށް މިއަދު ވަޑައިގެންފައިވަނީ އެމަނިކުފާނުގެ އަމިއްލަ ރޭލުގައެވެ. މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ރައީސް ޓުރަމްޕާ އެކު ވެއެޓުނާމުގައި ކިމް ބޭއްވެވި ބައްދަލު ވުމަށްވެސް ވަޑައިގެންފައިވަނީ ރޭލުގައެވެ.

ޕުޓިންނާއި ބައްދަލުކޮށް މަޝްވަރާ ކުރަން ކިމް ރަޝިއާއަށް އައިސްފައި މިވަނީ އެމެރިކާގެ ރައީސް ޓުރަމްޕާއެކު ބޭއްވެވި ވާހަކަތައް އެއްބަސްވުމަކަށް ނުދެވި ނިމުމާއި ގުޅިގެންނެވެ.

ޕުޓިންނާއި ކިމްގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ކޮރެއަން ޕެންޒިއުލާއާއި އަދި ނިއުކުލިއާ މައްސަލަތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ