ދަނި އަލްވެސް - ފޮޓޯ: 90މިން

42 ތައްޓާއެކު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުޅުންތެރިއަކަށް ދަނި އަލްވެސް

ކެރިއަރުގައި ހޯދި 42 ތައްޓާއެކު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުޅުންތެރިއަކަށް މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ދަނި އަލްވެސް ވެއްޖެއެވެ.

ފުޓްބޯޅައިގެ ތާރީޚްގައި ދަނި އަލްވެސްގެ ނަން ލިޔެވިގެންދިޔައީ އާދިއްތަ ދުވަހު ޕީއެސްޖީއިން ލީގު 1 ނެގުމާއެކުގައެވެ. ޕީއެސްޖީއަށް ލީގު ކަށަވަރުވީ އެރޭ ވާދަވެރި ލިލް ކުޅުނު މެޗުން 0-0 ނަތީޖާއަކުން އެއްވަރު ވުމާއި ގުޅިގެންނެވެ. ވޭތުވެދިޔަ 7 ސީޒަންގައި 6 ފަހަރެއްގެ މަތިން ޕީއެސްޖީ މލީގު ކާމިޔާބުކޮށްފައިވެއެވެ.

އުމުރުން 36 އަހަރުގެ ދަނި އަލްވެސް ކެރިއަރުގައި ޖުމްލަ 42 ތަށި ހޯދާފައިވާއިރު ބާސާ، ޔުވެންޓަސް އަދި ޕީއެސްޖީފަދަ ވަރުގަދަ ކްލަބްތަކަށް އަލްވެސް ކުޅެދީފައިވެއެވެ.

މިސްރުގެ ލެޖެންޑް ހޮއްސާމް ހަސަން ކެރިއަރުގައި 41 ތަށި ހޯދާފައިވެއެވެ. ބާސާގެ ލެޖެންޑް އެންދްރޭ އިނިއެސްތާ ކެރިއަރުގައި 37 ތަށި ހޯދާފައިވާއިރު މެކްސްވެލް އަދި މިސްރުގެ އިބްރާހިމް ހަސަންވެސް މިވަރަށް ތަށި ހޯދާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ