މިއަހަރުގެ ފެބުރުއަރީ މަހު ވެއެޓުނާމުގައި، އެމެރިކާއާއި ނޯތު ކޮރެއާއިން ބޭއްވި ބައްދަލުވުމުގެ ކުރިން ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ހަތަރު އޮފިސަލަކު އެމެރިކާއަށް މައުލޫމާތު ވިއްކިކަމަށް ތުހުމަތުކޮށް އެ ހަތަރު އޮފިސަލުން މަރާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއި އަދި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގްއުން ބޭއްވި ބައްދަލުވުން ނިމިގެން ގޮސްފައިވަނީ އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައެވެ. ބައްދަލުވުން ނާކާމިޔާބު ވީކަމަށް ކިމް ޖޮންގްއުން ދެކެނީ ބައްދަލުވުމުގެ ކުރިން އެމެރިކާއަށް ނޯތު ކޮރެއާގެ މައުލޫމާތު ތަކެއް ފަޮރުކޮށްދިނުމެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހަތަރު އޮފިސަލުންވެސް މަރާލައިފައިވަނީ ބަޑި ޖަހައިގެންނެވެ. ކިމް ޖޮންގްއުން ފާހަގަވެގެންދަނީ، އޮފިސަލުންނާއި ހަވާލުކުރެވޭ ޓާސްކުތައް ނުނިންމޭނަމަ އެ އޮފިސަލުންނަށް ހަރުކަށި އަދަބުދޭ ލީޑަރެއްގެ ގޮތުގައެވެ.
ހަތަރު އޮފިސަލުން މަރާލިކަމަށް މީޑިއާގައި މިދެކެވޭ ވާހަކަޔާ ގުޅިގެން އެއްވެސް ރަސްމީ ބަހެއް ނޯތު ކޮރެއާއިން މިހާތަނަށް ބުނެފައެއް ނުވެއެވެ.