ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި މީގެ 10 އަހަރު ފަހުން ނެގުމަށް ޓައިމް ކެޕްސޫލެއް ވަޅުލައިފިއެވެ.
މިއީ އެ ސްކޫލަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ވަޅުލި ޓައިމް ކެޕްސޫލެކެވެ. އެކަމަށް ޓަކައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފަ އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ގާތްގަނޑަކަށް ދެފޫޓު ހުންނަވަރުގެ މި ކެޕްސޫލް ވަޅުލައި ދެއްވީ ރަސްމިއްޔާތުގެ ހާއްސަ މެހެމާން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ. މީގެ އިތުރުން ކެޕްސޫލް ވަޅުލުއްވުމުގައި އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އަދި ފީޓީއޭގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދަރިވަރުންނާއި މުވައްޒަފުންގެ ޝުއޫރު އަޅާފައިވާ މި ކެޕްސޫލް އަފީފުއްދީން ސްކޫލް ގޯތިތެރޭގައި ވަޅުލައިފައިވަނީ، ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ގޮތަށް ހެދުމަށް ފަހު ގަ އެވެ. އަދި ފަނިފަކުސާ ފަދަ ތަކެތި ރައްކާތެރިކުރުމުގެ ގޮތުން ކެމިކަލްވެސް ޖަހާ ފައިވެ އެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ ވިދާޅުވީ، "އެ ލިޔުންތަކުގައި ހުންނާނެ 10 އަހަރުގެ ފަހުން ސްކޫލު އޮންނާނެ ތަސައްވަރާމެދު ދަރިވަރުން ލިޔެފައިވާ ހިޔާލުތައް. އެ ލިޔުންތައް ހުންނާނީ ލެމިނޭޓްވެސް ކޮށްފައި" ނާސިހާ ވިދާޅުވިއެވެ.
ހިޔާލު
ހުސެން ސަރީފް ތިކުރަނީ މަނާ ކަމެއް އިންގޭ އެހެން މީހުންގެ ހަބަރުތަށް ކޮޕީކޮށްފަ ރެފަރެންސް ނުދީ އިނުން އެއީ ހުސެން ސަރީފްގެ މައްޗަށް ޝަރީއަތް ހިންގިދާނެ ކަމެއް.
ކޮޕީ ހަބަރުގެ ކުރެޑިޓް ކޮބާ ؟ ކުޅުދުއްދުށީ އޮންލައިންގެ ހަބަރު އިން ގޮތަށް ކޮޕީ ކޮށްފަ މިއިނީ . ފޮޓޯ ވެސް އެމީހުން ގެ ފޮޓޯ. ނޫސް ވެރިންނަށް ވެ ތިބެ ތިކަހަލަ ކަންތަށް ކުރަން ލަދުކޮބާ
ކޮމެންޓް ކުރުން ބަންދު