މާލޭގައި އިމާރާތެއްގެ މަތިން ކުޑަދޮރެއް ވެއްޓި ސައިކަލުތަކަކަށް މިއަދު ގެއްލުން ލިބިއްޖެ އެވެ.
މިއަދު ހަވީރު 5:50 ހާއިރު މިމައްސަލަ ރިޕޯޓްކޮށްފައިވަނީ ގ. ކަމަރާ ގޭގެ ހަތަރު ވަނަ ބުރިން އެލުމީނިއަމް ކުޑަ ދޮރެއް ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފައެވެ.
އަދި މިހާދިސާގައި އެއް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު ވެއްޓުނު މިކުޑަދޮރުންޖެހި ދެ ސައިކަލަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރުވަނީ މިހާދިސާ ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ.
ހިޔާލު
Yaameen sarukaaruga vx thikahala kanthah dhimee veyy
ކޮމެންޓް ކުރުން ބަންދު