ދ. ކުޑަހުވަދު އަށް ކަރަންޓް ދޭން ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއް މައްސަލަ ޖެހި އެ ރަށަށް ކަރަންޓް ދިނުން ދަތިވެއްޖެ އެވެ.
މިއަދުގެ މެންދުރު ފަހުން ފެށިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ވަނީ ކެނޑިފައެވެ. ކުޑަހުވަދޫއިން ކަރަންޓް ކެޑިފައިމިވަނީ ލޯޑު ބިޑުވެގެންކަމަށް އެރަށުން ވާހަކަދެއްކި މީހަކުވަނީ ބުނެފައެވެ. އަދި 1200 މެގަވޯޓް ބޭނުންވާ މިރަށަށް އެރަށުގައި މިހާރު ހިންގަމުންދާ ދެ ޖަނަރޭޓަރުންވެސް ދޫކުރެވެނީ 700 މެގަވޯޓްގެ ކަރަންޓްކަމަށް މިފަރާތުންވަނީ ބުނެފައެވެ.
އަދި މިއަދު މެންދުރުފަހު 2 ކުން ހަވީރު 6 ކަށް މުޅި ރަށުން ކަރަންޓްއޮތީ ކެނޑިފައިކަމަށާއި އަދި އިރުއޮއްސުމާއެކު އަލުން ކަރަންޓް ދޫކުރިނަމަވެސް ގިނައިރުތަކެއްނުވެ އަނެއްކާ ވެސް ޖަނަރޭޓަރެއް ނިވި ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށް މިފަރާތުން ބުނެއެވެ.
ކުޑަހުވަދު އަށް ކަރަންޓް ދެމުން އަންނަނީ އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި ފެނަކައިންނެވެ.