ފުލުހުން މިއަދު ހިނގި ހާއްސަ ދެ އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު 19 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މިއަދު ހިނގި ހާއްސަ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 19 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިއަދު ހިނގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނިފައިވާކަމަށާއި، އެމައްސަލައިގައި ފަސް ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން މިއަދު ހިންގި ދެވަނަ އޮޕަރޭޝަންގައި ގަލޮޅުގެ އިތުރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށާއި އަދި އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުންކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް މިފަހުން ހިނގޭ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ހައްޔަރު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ