ރެއަލްގެ ފެޑެރިކޯ ގެޓާފޭ ކުޅުންތެރިން ކައިރިން ބޯޅަ ނައްޓާލަނީ - ފޮޓޯ: އިވްނިން ސްޓޭންޑާޑް

ރެއަލްމެޑްރިޑާ އެއްވަރުކޮށް ގެޓާފޭއިން ޗެމްޕިއަންސް ލީގުގެ އުންމީދުގައި

ރޭ ލަލީގާގައި ގެޓާފޭ އަދި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެ، ގެޓާފޭއިން ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފިއެވެ.

ރޭ ލިބުނު އެއް ޕޮއިންޓާއެކު ޖުމްލަ 55 ޕޮއިންޓް ލިބިގެން ގެޓާފޭ އޮތީ ތާވަލުގެ 4 ވަނާގައެވެ. ލީގުގައި ބާކީ ދެންއޮތީ އެންމެ ހަތަރު މެޗެވެ.

ގެރެތު ބޭލްވެސް ރެއަލްމެޑްރިޑްގެ ފުރަތަމަ 11 އިން ފެނިގެންދިޔަ މިމެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ގެޓާފޭ ދަނޑުގައި ކުޅެވެނު މިމެޗުގައި ގިނަ ވަގުތު ރެއަލްމެޑްރިޑް ބޯޅަ ގެންގުޅުނު ނަމަވެސް ގެޓާފޭއަށްވުރު މާ އިތުރު ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތައްވެސް ލިބިފައިވަނީ ގެޓަފޭއަށެވެ.

ގެޓާފޭއަށް ލަނޑުޖަހަން ލިބުނު ރަނގަޅު ފުރުޞަތެއްގައި ރެއަލްމެޑްރިޑްގެ ކީޕަރު ކޭލާ ނަވާސްވަނީ ގެޓާފޭގެ ޖޯޖު މޮލީނާ އަދި ޖެއިމޭ މާޓާގެ ހަމަލާ ދިފާޢުކޮށްފައެވެ.

ކަރިން ބެންޒެމާ ބޯޅައާއެކު ހަރަކާތްތެރިވަނީ - ފޮޓޯ: މެނޭޖިން މެޑްރިޑް

ރެއަލްމެޑްރިޑްގެ ކަރިމް ބެންޒިމާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރު ޑޭވިޑް އޯރިއާއާއި ދިމާއަށެވެ. މިހިނގާ އޭޕްރީލްމަހު ބެންޒިމާ ފިޔަވައި އިތުރު ކުޅުންތެރިއަކު ރެއަލްމެޑްރިޑަށް ލަނޑެއް ކާމިޔާބުކޮށްދީފައެއްނުވެއެވެ. ރެއަލްމެޑްރިޑުން އެންމެ ފަހުންޖެހި 8 ލަނޑުވެސް ޖަހައިދިނީ ކަރިމް ބެންޒިމާއެވެ.

3-0 ގެ ނަތީޖާއަކުން ބިލްބާއޯ ބަލިކުރި ރެއަލްމެޑްރިޑްގެ ޓީމަށް 6 ބަދަލެއްގެނެސް ރޭގެ މެޗު ރެއަލްއިން ފައްޓާފައިވަނީ އަންނަ ސީޒަންއަށް ކުޅުންތެރިން ޓެސްޓް ކުރުމުގެ ގޮތުންނެވެ. އަންނަ ސީޒަންއަށް ޓީމު ވަރުގަދަކުރަން ރެއަލްގެ ކޯޗު ޒިދާން އަންނަނީ ޓީމުގެ ހުރިހާ ކުޅުންތެރިން ޓެސްޓްކޮށް ގެންނަންޖެހޭ ބަދަލުތަކާމެދު ވިސްނަމުންނެވެ.

2012 އިން ފެށިގެން ގެޓާފޭ އަތުން ރެއަލްމެޑްރިޑް ބަލިވެފައިނުވާއިރު ރޭގެ މެޗުގެ ކުރިން ގެޓާފޭއާއެކު ކުޅުނު 10 މެޗުންވެސް ރެއަލްމެޑްރިޑްވަނީ މޮޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ