ސްރީލަންކާގައި ފަސް ދިވެހިން ހައްޔަރުކޮށްފި

ކުރިސްޓިއަން ދީނުގެ އީސްޓަރ ސަންޑޭ އާއި ދިމާކޮށް ލަންކާގެ ޗާޗު ތަކަށާއި ހޮޓާތަކަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން ހިނގަމުންދާ ހާއްސަ އޮޕަރޭޝަން ތަކުގައި ފަސް ދިވެހިން ހައްޔަރު ކޮށްފިއެވެ.

ފެށުމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއްދިވެއްސަކު ހައްޔަރު ކޮށްފައިވަނީ މިއަދު ގެއެއްގެ ތެރެ ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭގައި އުޅުނު ޕޮލިޓިކަލް ސައިންސް ކިޔަވާ ދިވެހި ދަރިވަރެއްގެ އަތުން އިސްލާމިކް ސުޓޭޓް ގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެންނެވެ.

އަނެއް ހަތަރު ދިވެހިން ހައްޔަރު ކޮށްފައިވަނީ، އިއްޔެގެ ވަގުތެއްގައި ލަޔަން ސިޓީ ނިގަމްބޯއިންނެވެ. ހަތަރު ދިވެހިންނަކީ ފުލައިޓް އިންޖިނިއަރިން ކިޔަވަމުންގެންދާ ހަތަރު މީހުންނެވެ. މި ހަތަރު ދިވެހިން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅެމުންދާ ގެއިން ޖަނަވާރު ޝިކާރަ ކުރަން ގެންގުޅޭ ބަޑިއެއް ފެނުމާއި ގުޅިގެންނެވެ. މި ބަޑި ވިއްކިތަނުން އެ ގެންގުޅުމުގެ ހުއްދަ އޮތްކަމަށް ދައްކައިދޭ ފޭކު ލިޔުމެއް މިފަރާތްތަކަށް ދީފައިވާކަމަށް ވެއެވެ.

މިފަސް ދިވެހިންގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ސްރީ ލަންކާގައި ދެވުނު ނިރުބަވެރި ހަމަލާތަކާއި ގުޅިގެން ސްރީ ލަންކާގެ ފުލުހުންދަނީ ވަރުގަދަ ބޮޑު ތަހުގީގެއް ކުރަމުންނެވެ. މި ތަހުގީގުގައި ގިނަ އަދަދެއްގެ ގެތަކެއް އަންނަނީ ފާސްކުރަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ