ސޫރިޔާ ހަނގުރާމައިގައި ސުންނާފަތިވެފައިވާ އަވަށެއް - ފޮޓޯ: ވަރ އޮން ދަ ރޮކްސް

ސޫރިޔާ ހަނގުރާމައިގައި އެންމެ މަދުން މީހުން މަރުވީ 2018 ވަނަ އަހަރު

2011 ވަނަ އަހަރު ސޫރިޔާގެ ވެރިކަން ވައްޓާލުމަށްޓަކައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ފެށުނު ހަރަކާތްތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެ މިވީ އަށް އަހަރު ތެރޭގައި އެންމެ މަދުން މީހުން މަރުވީ 2018 ވަނަ އަހަރުގައި ކަމަށް ސީރިއަން އޮބްޒަރވޭޓަރީ އޮން ހިއުމަންރައިޓްސް (އެސްއޯއެޗްއާރު) ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެޖަމިއްޔާގެ ފަރާތުން ހާމަކުރި ހިސާބުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ސޫރިޔާ ހަނގުރާމައިގައި 19666 މީހުންވަނީ މަރުވެފައެވެ. މީގެ ތެރޭގައި 6349 އާއްމު ރައްޔިތުންނާއި 1437 ކުޑަކުދިން ހިމެނެއެވެ.2017 ވަނަ އަހަރު 33000 ވުރެ ގިނަ މީހުން ސޫރިޔާ ހަނގުރާމައިގައި މަރުވި އިރު އެއިގެ ތެރޭގައި 10000 އަށްވުރެ ގިނަ އާއްމު ރައްޔިތުންވެސް ހިމެނެއެވެ.

އެސްއޯއެޗްއާރު ހިސާބުތައް ދައްކާގޮތުން ސޫރިޔާ ހަނގުރާމައިގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަހަރު 76000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. 2014 ވަނަ އަހަރަކީ ބައްޝާރު އަސަދާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ސޫރިޔާގެ ޤޫތާއާއި ހިމްސް ފަދަ ބޮޑެތި ސިޓީތައް އެޖަމާއަތްތަކުގެ ކޮންޓްރޯލް ދަށަށް ގެންދިޔަ އަހަރެވެ. އަދި ސޫރިޔާ އަދި އިރާޤުގައި އައިއެސް ޖަމާއަތުން ޚިލާފަތް އިޢުލާނުވެސް ކުރިއަހަރެވެ. މީގެ އިތުރުން 2014 ވަނަ އަހަރަކީ ބައްޝާރު އަސަދު ރަޝިޔާގެ އެހީތެރިކަމާއެކު ހަނގުރާމަކޮށް ސޫރިޔާގެ ބޮޑެތި އަވަށްތަކެއް އޭނާގެ ބާރުގެ ދަށަށްވެސް ގެންދިޔަ އަހަރެވެ.

ނަމަވެސް ފާއިތުވެދިޔަ އަހަރު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ހަނގުރާމަވެރިންގެ ބާރު ސޫރިޔާގެ މައްޗަށް ކުޑަ އަހަރެއްގެ ގޮތުގައެވެ. އަދި ކުރީގައި ހަނގުރާމަވެރިން ކޮންޓްރޯލްކުރި ގިނަ ސަރަހައްދުތައް މިހާރުވަނީ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސަފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ