އެސްޓީއޯގެ އައިޓީ ހެޑް މުސްޠަފާ އަޒުމީ - ފޮޓޯ: މިހާރު

އެސްޓީއޯގެ އައިޓީ ހެޑް އަޒުމީ އަވަހާރަވެއްޖެ

މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް، އެތަނުގެ ދެ ވަނަ ބުރިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ވެއްޓުނު މުސްތަފާ އަޒްމީ އަވަހާރަވެއްޖެއެވެ.

އޭނާ އަވާހަރަވީ އިތުރު ފަރުވާ އަށް އިންޑިއާގެ ބެންގަލޫރަށް ގެންދިޔަ ނަމަވެސް ދޭނެ އިތުރު ފަރުވާއެއް ނެތިގެން އެއާ އެމްބިއުލާންސްގައި ރާއްޖެ ގެނައިތަނާއެވެ.

އެސްޓީއޯގެ އައިޓީ ހެޑް އަޒްމީ ވެއްޓި އޭނާގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ވުމުން އިތުރު ފަރުވާ އަށް އިންޑިއާ އަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. އެކަމަކު، އޭނާ އަށް ރާއްޖެ އިން ބޭރުން ދޭނެ އިތުރު ފަރުވާއެއް ނެތިގެން އަނބުރާ ރާއްޖެ ގެނައީއެވެ.

އަޒްމީގެ ސިކުނޑީގެ ހިނގުންވެސް މިއެކްސިޑެންޓަށްފަހު ހުއްޓިފައިވާއިރު، ވެއްޓުނު އިރު މޭގެ ތިން ކަށިގަނޑެއް ބިންދައިގެން ގޮސް ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއްވެސް ދިމާވެފައިވެއެވެ.

އަޒްމީ އަކީ އެސްޓީއޯ ގައި މަސައްކަތް ކުރައްވާތާ 25 އަހަރު ވެފައިވާ ބޭފުޅެކެވެ. މަޢުލޫމާތު ލިބޭގޮތުގައި އޭނާ އަކީ ލަކުޑީގެ އަތްތެރި މަސައްކަތަށް ވަރަށް ލޯބިކުރާ މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ