ލ. ގަމު ގެއެއްގައި އަލިފާން ރޯވެ އަނދައިފި

ލ. ގަމު ތުނޑީ އަވަށުގައި ހުރި ގެއެއްގައި ރޯވެ އަނދަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފް އާއި އެރަށު ރައްޔިތުން ގުޅިގެންދަނީ ކުރަމުންނެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެގޭގައި އަލިފާން ހިފިކަމަށް ބެލެވެނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީފުން ބުނީ ލ.ގަމު ދުންފިނިއާގޭގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 12:58 ގައި ކަމަށާއި އެ ގޭގައި ރޯވި އަލިފާން 1:50 ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ