ސަރުކާރުގެ ބައްދަލުވުމެއްގައި އަދާލަތު އަދި އެމްޑީޕީގެ ރައީސް - ފޮޓޯ: މިހާރު

މެމްބަރުންގެ ރޫހަކީ އަދާލަތާ އެކު ކުރިއަށް ދިއުން – ނަޝީދު

އެމްޑީޕީ ޤައުމީ މަޖިލީހުގެ ރޫހަކީ އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީއާއެކު ކުރިއަށް ވަޑައިގަތުންކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ކޯލިޝަން އެގްރީމެންޓަށް އަމަލު ނުކުރެވި، ޕާޓީތަށް އެކުގައި މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވިފައި ވަނިކޮށް، ދެ ޕާޓީން ވެސް ދޫ ދީގެން، އެކުގައި ވާދަކޮށް ސަރުކާރު ކޯލިޝަނަށް ގިނަ ގޮނޑިތައް ކާމިޔާބު ކުރުމަށް، އަދާލަތުން އިސްވެ އެމްޑީޕީއަށް ހުށަހެޅާފައިވާ ދަނޑިވަޅެއްގައެވެ.

އެ ނިންމުމާ މެދު ހިޔާލު ހޯދުމަށް، މިއަދު މާބްލް ހޮޓަލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ޕްރައިމަރީ ބާއްވައި 86 ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައި އޮތުމުން، އަދާލަތުގެ ހުށަހެޅުމާ އެއްގޮތަށް އެމްޑީޕީއިން ގޮނޑިއެއް ދޫކޮށްލެވެން މިހާރު ނެތްކަމަށެވެ.

ނަޝީދު ވިދާޅުވީ، ޕްރައިމަރީގައި ކެންޑިޑޭޓުން އިންތިޚާބުވެފައި ތިބި ނަމަވެސް، ޕާޓީގެ ފައިދާ އަށް ގައުމީ މަޖިލީހާއި، ޕްރައިމަރީގައި އިންތިހާބުވެފައި ތިބި ހުރިހާ ބޭފުޅުންވެސް ބައްލަވާނެކަމަށެވެ. އަދި އަދާލަތުގެ ހުށަހެޅުމާ އެއްގޮތަށް ގޮނޑިތަކެއް ދޫކޮށްލުމުގެ ފުރުޞަތު މިހާރު އޮތީ، ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއި އެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ ޢާއްމު މެމްބަރުންގެ އަތްމަތީގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑު ނުދަންނަވަން، ދޫކުރަން އަޅުގަނޑުމެން މި ވިސްނަނީ ކޮންކޮން ގޮނޑިތަކެއްކަން. އެހެން ނަމަވެސް ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް އެބަ އެނގިލައްވާ އުސޫލެއްގެ ގޮތުން މި ބާވަތުގެ މަސައްކަތެއް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް. އަދި މިއަދު ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ އަޅުގަނޑަށް، އެ ބޭފުޅުންގެ ރުހުން ދެއްވާފައި، 5- 6 ދާއިރާއެއްގެ ޕާޓީ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނާ އަޅުގަނޑު ވާހަކަ ދެއްކުމަށް."

ނަޝީދު އިތުރަށް ވިދާޅުވީ، އެ މަޝްވަރާތަކުން ގޮތެއް ނިމުމުން އެމްޑީޕީގެ މެމްބަރުން، އަދާލަތު ޕާޓީއަށް މަޖިލިސް އިންތިޚާބުގައި ދޫކޮށްލާނެ ދާއިރާތައް އިއުލާން ކުރާނެ ކުރައްވާނެ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި، އަދާލަތަށް ދޫކޮށްލަން އެމްޑީޕީން ވިސްނާ ދާއިރާތަކުގެ ތެރޭގައި މަކުނުދޫ ދާއިރާ، ވައިކަރަދޫ ދާއިރާ، ކާށިދޫ ދާއިރާ އަދި ރ. އަތޮޅުގެ ދާއިރާއެއް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީނަ

    ސަލާމް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ