ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗެޑީސީ) އިން ހުޅުމާލޭގައި ހެދި "ރަށު މާރުކޭޓު" ގެ ގޮޅިތައް ކުއްޔަށް ދީފިއެވެ.
މިގޮޅިތައް ދެބަޔަކަށް ބަހާލައިގެން ދޫކޮށްފައިވާއިރު 42 މީހަކަށް ހުޅުމާލެ "ރަށު މާރުކޭޓު" ގޮޅިތައް ދޫކުރިކަމަށް އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައިވެއެވެ.
މިގޮޅިތަކުގައި ޑްރައި ސްޓޯލާއި ވެޓް ސްޓޯލްތައް ވަނީ ކަނޑައަޅާފައެވެ. ޑްރައި ސްޓޯލްތައް ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތި ވިއްކުމަށެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ޚާއްސަ ކުރެވިފައިވާ ގޮޅިތަކެވެ.

މީގެ އިތުރުން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި މާރުކޭޓުން ކާބޯތަކެތި ވިއްކުމަށް 37 ގޮޅިއެއްގެ އިތުރުން ރޯމަސް ވިއްކުމަށް 20 ގޮޅިއެއް ދޫކުރުމަށް އިއުލާނު ކޮށްފައިވެ އެވެ.
69 އަކަފޫޓު ހުންނަ މިގޮޅިތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ކުލީގެ ގޮތުގައި 3500ރ. ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.




