އައިއެސްގެ ލީޑަރު އަލްބަގުދާދީގެ ވީޑިއޯއެއް އާންމު ކޮށްފި

ފަސް އަހަރު ދުވަހަށްފަހު ފުރަތަމަ ފަހަރަށް އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލްބަގުދާދީގެ އާ ވީޑިއޯއެއް އާންމު ކޮށްފިއެވެ.

މިއަދު އާންމުކޮށްފައިވާ މި ވީޑިއޯގައި އަލްބަގުދާދީ ފެންނަނީ ސިއްހަތު ރަނގަޅުކޮށެވެ. ބަޑިއެއްގެ ކައިރީގައި ދެފައި ވައްކޮށްލައިގެން ހުރެ އަލްބަގްދާދީ ބުނެފައިވަނީ ސީރިޔާ އަދި އިރާގުގައި އައިއެސް އަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ ބަދަލު ހިފާނެ ކަމަށެވެ.

ބަގްދާދީގެ ވީޑިއޯއަކީ އޭނާގެ 18 މިނެޓްގެ ދިގު ސްޕީޗެކެވެ. ވީޑިއޯ ޕޯސްޓް ކޮށްފައި ވަނީ އައިއެސްގެ އަލް ފުރުގާން މީޑިއާ ނެޓްވޯކް މެދުވެރިކޮށެެވެ. މިއީ އައިއެސްގެ ލީޑަރުކަމާ ބަގްދާދީ ހަވާލުވެ މޫސަލްގައި 2014 ވަނަ އަހަރު ދިން ހުކުރު ހުތުބާއަށްފަހު މީޑިއާއަށް ފެންނަ ފުރަތަމަ ފެނިލުމެންނެވެ.

އައިއެސް އިން ބުނެފައިވަނީ މި ވީޑިއޯއަކީ މިހިނގާ އޭޕްރީލް މަހު ރިކޯޑް ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. ކަނޑައެޅިގެން ވީޑިއޯ ކޮށްފައިވާ ތާރީހެއް ނޭނގުނު ނަމަވެސް ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ބެލެވެނީ މިއީ ވަރަށް ފަހުގެ ވީޑިއޯއެއް ކަމަށެވެ.

އަލްބަގްދާދީ އަކީ އެމެރިކާއިން ބުނާ ގޮތުގައި އެމީހުންގެ ހަމަލާތަކުގައި މަރާލެވިފައިވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ