މިޔަންމާގެ ސަރުކާރަށް ހަތިޔާރު ވިއްކުމުގައި އަޅައިފައިވާ ފިޔަވަޅު އީޔޫ އިން ދަމަހައްޓައިފި

ރޯހިންގާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގި ގަތުލުއާމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފިއެވެ.

މިގޮތުންް އީޔޫއިން މިޔަންމާ އަަށް ހަތިޔާރު ނުވިއްކާނެއެވެ. އަދި މިޔަންމާ ސަރުކާރުގެ ބައެއް އިސްވެރިންނާއި ދެކޮޅަށްވެސް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެއެވެ.

މިގޮތުން މިޔަންމާ ސަރުކާރުގެ 14 ފަރާތެއްގެ މުދާ ހިފަހައްޓާފައިވާއިރު މިފަރާތްތަކުން އީޔޫގެ ގައުމުތަކަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މި 14 ފަރާތަކީ ރޯހިންގާ ގައި ހިނގުނު ގަތުލު އާންމާއި ސީދާ ގުޅުންހުރި ފަރާތްތައް ކަމަށް އީޔޫ އިން ތުހުމަތު ކުރެއެވެ.

2012 ވަނަ އަހަރުން ފެށިގެން މިޔަންމާގެ ސަރުކާރުން އަންނަނީ ރޯހިންގާގެ މުސްލިމުންނާއި ދެކޮޅަށް ގަތުލުއާންމު ހިންގަމުންނެވެ. މި ގަތުލުއާންމު ތަކާއި ގުޅިގެން ރޯހިންގާ މުސްލިމުންގެ ތެރެއިން ތިންލައްކައަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަނީ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕު ތަކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ