އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކު ހޯދަނީ

‎އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން  ތަޙުޤީގު ކުރަމުންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

‎ފުލުހުން ހާމަކުރި ގޮތިގައި މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ ނޯޔަން (ޕާސްޕޯރޓް ނަމްބަރ 0308415 އޭބީ) އެވެ.

‎މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރ 9791612ށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކުރެއްވުމަށްވެސް އެފަރާތުން އެދިލައްވާފައިވެއެވެ.

‎އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންމަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ