ލ. ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިނގައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން މިރޭ ހަމަލާދީފައިވަނީ ހިތަދޫއަށް ދިޔަ އެއަތޮޅު މާވަށު ފިރިހެނަކަށެވެ.
އެރަށުން ވާހަކަދެއްކި މީހަކުބުނީ މިމީހާއަށް ހަމަލާ ދީފައިވަނީ ސައިކަލުތަކެއްގައި އައި ބަޔެއްކަމަށެވެ. ހަމަލާ އަމާޒުވި މީހާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އަނިޔާވި މީހާ ހިތަދޫއަށް ދިޔައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުުނު ކުއްޖާއާއި ބައްދަލުކުރަން ކުރުމަށެވެ. މި ހަމަލާ އަކީ އެކަމާ ގުޅިގެން ދިން ހަމަލާއެއް ކަމަށް ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.
ލޯބީގެ މައްސަލަތަކާއި ގުޅިގެން މާރާމާރީ އާއި މަރުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.



