އެކްސިޑެންޓްގައި ނިޔާވި އަހުމަދު ރަޝީދު

މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓްގައި އެކަކު ނިޔާވެއްޖެ

މިއަދު ހަވީރު މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މާމިގިލީ ބިންމާ، އަހުމަދު ރަޝީދު އެވެ. އަހުމަދު ރަޝީދު ނިޔާވެފައިވަނީ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާ އަށް ވަކިން ލޯންޗެއްގައި މާލެ ގެނައުމަށް ދަތުރު ފެށި ފަހުން ކަނޑުމަތީގައި ވެސް އިތުރަށް ހާލު ސީރިއަސްވެ، މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަފަހުން، މަހިބަދޫ ހޮސްޕިޓަލުގައެވެ.

މިއަދު ހަވީރު 4:20 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ މާމިގިލީ އެއާޕޯޓްގެ ފަޔާ ލޮރީ ކޮންޓްރޯލް ނުވެގެން ގޮސް ޖޯލިފައްޗެއްގައި ތިބި ހަތަރު މީހެއްގެ ގައިގައި ޖެހިގެނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އެކްސިޑެންޓްގައި އަނިޔާވި ދެން ތިބި ތިން މީހުން މާލެ ގެނައުމަށް ފުރާފައިވާކަމަށެވެ. އަދި މިރޭ 20:45 ހާއިރު އެ މީހުން މާލެ ގެނެވޭނެ ކަމަަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް