ސަރުކާރުގެ ވިޔަފާރި ކުންފުނި، ސުޓޭޓް ޓުރޭޑިން އޮގަރނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 30 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިދިޔަ އަހަރުގެ އެސްޓީއޯގެ އަހަރީ ރިޕޯޓް ދައްކާގޮތުން އެކުންފުންޏަށް އާންމުދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ފައިދާ ކުޑަވެފައިވަނީ ބޮޑެތި ހަރަދުތަކެއް ކަނޑަން ޖެހުމުން ކަން އަހަރީ ރިޕޯޓުން އިނގެއެވެ.
އާމްދަނީ ބެހިފައިވާ ގޮތް:- ޓްރޭޑިން: 2.6 ބިލިއަން ރުފިޔާ - ގޭސް: 223 މިލިއަން ރުފިޔާ - ފިއުލް: 6.3 ބިލިއަން ރުފިޔާ - އިންޝުއަރެންސް: 245 މިލިއަން ރުފިޔާ - މަސްވެރިކަން: 1.3 މިލިއަން ރުފިޔާ
އެސްޓީއޯ އަށް އެންމެ ބޮޑު އާންމުދަނީއެއް ލިބިފައިވަނީ ފިއުލް އަދި ޓްރޭޑިން އިންނެވެ. ފިއުލްގެ ވިޔަފާރި ކުރިއެރުވުމަށް އެސްޓީއޯއިން މިހާރު ނިންމައިފައިވަނީ 210،000 ފީފާ ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީ އިތުރު ކުރުމަށެވެ.