ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް "އަލްޖުރޫރު" ނަމުގައި އަރަބިބަހުން ނެރޭ މަޖައްލާއެއް

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފުރަތަމަ ފަހަރަށް އަރަބި ބަހުން މަޖައްލާއެއް ނެރެފިއެވެ.

"އަލްޖުރޫރު" ނަމުގައި ނެރޭ މިމަޖައްލާއަކީ މެދުއިރުމަތީގެ ޤައުމުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ގޮތުން ނެރުނު މަޖައްލާއެއްކަމަށް ޓޫރިޒަމް މިނިސްޓްރީންވަނީ ބުނެފައެވެ. އަދި މިމަޖައްލާއަކީ "ކޮމްފޯޓް ޓްރެވެލްސް އެންޑް ޓުއާޒް" ގެ އިސްނެގުމުގެ މަތިން ނެރުނު މަޖައްލާއެއްކަމަށް މިނިސްޓްރީން ބުނެއެވެ.

މަޖައްލާގެ ފުރަތަމަ އަދަދުގެ ފެށުމުގެ ބަސްކޮޅަށް ހިމަނާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ލިޔުއްވުމެކެވެ.

މިމަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަމަށް ބުނެ މަޖައްލާ ނެރުމަށް ކުރި މަސައްކަތަށް މިނިސްޓްރީން ތަޢުރީފުކޮށް ޓްވީޓް ކުރައްވާފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން ވަނީ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓުކޮށްފަ އެވެ. އެ ފެއާގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 130 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ