ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރައިފާނެ - މެޓު

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާކަމެއް ކަމަށް މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތީ ވިއްސާރަ ދުވަސްކޮޅެއްކަން ފާހަގަ ކުރަމުން މެޓު އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް ދެކުނުގެ އަތޮޅުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އަދި އެހެން ހިސާބަކަށް ގަޑިއަކު 13 މެލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މިއީ ހުޅަނގުގެ ވިއްސާރަ ކުރަމުން އަންނަ ދުވަސްތައް ކަމުން ކަނޑު ދަތުރުފަތުރު ކުރައްވާ ބޭފުޅުން މިކަމަށް ސަމާލުކަން ދީގެން ކަނޑުދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ނަސޭހަތްތެރި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ