ކުޅުދުއްފުށީގެ މިސްކިތެއް - ފޮޓޯ: ފެށުން

ނުވައަހަރުގެ އިންތިޒާރު ނިމުމަކަށް، މިރޭ ނަމާދުކުރަނީ

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި މީގެ ނުވައަހަރު ކުރިން އިމާރާތްކުރުމަށް ކުޅުދުއްފުށީ މިތުރު ކޮމްޕެނީގެ އޯނަރު މުހައްމަދު ޒުހެއިރު ހަވާލުވި މިސްކިތް ނިންމައި މިރޭ ނަމާދުކުރަން ފަށާނެއެވެ.

މިގޮތުން މަސްޖިދުލް ފިރުދައުސް މިސްކިތުގައި އެންމެ ފުރަތަމަ ކުރުމަށް ހަމަހިފައިވަނީ މިރޭގެ ފަތިސް ނަމާދެވެ. މިރޭ ފަތިސް ނަމާދު އިމާމުވެ ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ޑރ މުހައްމަދު އިޔާޒް އަބްދުލަތީފެވެ.

މަސްޖިދުލް ފިރުދައުސް މިސްކިތް އަމިއްލަ ހަރަދުގައި ދެއަހަރު ދުވަހުގެ މުއްދަތުގައި ނިންމުމަށް މުހައްމަދު ޒުހެއިރު އާއި ހަވާލުކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 11 ވަނަ ދުވަހު އެވެ. ދެއަހަރު ދުވަހަށްފަހު މިރޭ މިސްކިތް ހުޅުވިގެން މިދަނީ މިމިސްކިތުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުން މިކަމުގެ ޝަކުވާ ވަރަށްބޮޑަށް ކޮށްފައި ވަނިކޮށެވެ.

މަސްޖިދުލް ފިރުދައުސް މިސްކިތަކީ ގާތްގަނޑަށް 450 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ރަނގަޅު ފެންވަރަކަށް އިމާރާތްކޮށްފައިވާ ޒަމާނީ މިސްކިތެކެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ