ނިއުޒިލެންޑުގެ މިސްކިތަށްދިން ހަމަލާގައި ޒަހަމްވި އިތުރު މީހަކު މަރުވެއްޖެ

މީގެ ހަތް ހަފްތާ ކުރިން ނިއުޒިލެންޑުގެ ކުރިސްޓްޗާޗް ގައި ހުންނަ އަލް ނޫރު މިސްކިތަށްވަދެ ބަޑިން ހަމަލާދީ އެވަގުތު ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވަމުން ދިޔަ އެތައް ބަޔަކު މަރާލި ހާދިސާގައި ޒަހަމްވި މީހަކު މަރުވެއްޖެއެވެ.

އުމުރުން 46 އަހަރުގެ ތުރުކީ މީހާ މަރުވެފައިވަނީ އެހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާކުރަމުން ދަނިކޮށް މިއަދެވެ. މިމަރާއެކު އެހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 51 ކަށް އަރައިފައެވެ.

އަލް ނޫރު މިސްކިތަށް ބަޑިން ހަމަލާދީފައިވަނީ އޮސްޓުރޭލިޔާ އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ބުރެންޓަން ޓެރެންޓެވެ. ނިއުޒިލެންޑް ސަރުކާރުން މީނާ އާއި ދެކޮޅަށް ޝަރިއްޔަތް ކުރަމުންދަނީ 50 މީހުން މަރާލައި އަދި އިތުރު 39 މީހުން މަރާލަން އުޅުނު ކަމުގެ ކުށުގައެވެ.

މިހާދިސާއަކީ ނިއުޒިލެންޑުގައި މިހާތަނަށް ހިނގުނު ބަޑި ޖެހުމުގެ އެންމެ ބޮޑު ހާދިސާއެވެ. މިހާދިސާ ހިނގި ބުރެންޓަން ޓެރެންޓު ވަނީ ބަޑި ޖަހަމުން ދިޔައިރު އެކަންތަައް ވީޑިއޯކޮށް ފޭސްބުކު މެދުވެރިކޮށް ލައިވްވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް