ނިރުބަވެރިކަމާ ގުޅުންހުރިކަމެއް ފެނިއްޖެނަމަ 1615 އަށް ގުޅައި ރިޕޯޓުކޮށްދީ: އެންސީޓީސީ

އާދަޔާހިލާފު ކަމެއް ފެނިއްޖެނަމަ ރިޕޯޓުކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު، އެންސީޓީސީ އިން އިލްތިމާސް ކޮށްފިއެެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި އަދި އާދަޔާ ޙިލާފު ކަމެއްއުޅޭނަމަ އެންސީޓީސީގެ ނަންބަރު 1615 އަށް ގުޅައިގެން ނުވަތަ [email protected] ގުޅައި އެކަމުގެ މަޢުލޫމާތު ހިއްްސާ ކުރުމަށް އެދޭކަމަށް އެންސީޓީސީން މިއަދު ކުރި ޓްވީޓުގައި ވިދާޅުވިއެވެ. އަދި މައުލޫމާތު ދޭ މީހުންގެ ސިއްރުކޮށްދޭނެކަމުގެ ޔަގީންކަން އެ ސެންޓަރުން ވަނީ ދީފައެވެ.

އެންސީޓީން މިހެން ބުނެފައިވާއިރު ގޮވާތަކެއްޗާއެކު މާލެއާއި ހުޅުމާލޭގައި ދިވެހި ސިފައިން ތަމްރީނުތަކެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ސިފައިން ވަނީ ނިންމާފައެވެ.

ސްރީލަންކާއަށް ދާދިފަހަކު ބަޔަކު ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއަށްފަހު ފަހު ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަަދަ ކުރާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ހަމަލާއަށްފަހު ދިވެހިރާއްޖެއަށް ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު ރާއްޖޭން ބޭރުގެ އިންޓަލިޖެންސް އެޖެންސީތަކުން އަންނީ ދެމުންނެވެ. އަދި ދިވެހި ރާއްޖެއާށް ނެރެފައިވާ ޓްރެވަލް އެޑްްވައިޒަރީ އިއްޔެ އެމެރިކާއިން ވަނީ އަލުން ރިވިއުކޮށް ލެވަލް ދޭއްގައި ނެރިފައެވެ. ލަންކާގައި މި އެޑްވައިޒަރީ އޮތީ ލެވަލް ތިނެއްގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ