އެމެރިކާގެ އެހީގެ ތަކެތި، ފަލަސްތީނު ރައްޔިތަކު އުފުލަނީ - ފޮޓޯ: އޭއެފްޕީ

އެމެރިކާއިން ފަލަސްތީނަށްދޭ ހުރިހާ އެހީތަކެއް ހުއްޓާލައިފި

އެމެރިކާއިން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށާއި އަދި ގައްޒާއަށް ދެމުންދިޔަ ހުރިހާ އެހީތަކެއް ހުއްޓާލައިފިއެވެ.

މިއެހީތައް އެމެރިކާއިން ހުއްޓާލައިފައި މިވަނީ މިދިޔަ އަހަރު އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކޮށްފައިވާ، "ދި އެންޓި ޓެރެރިޒަމް ކުލަރިފިކޭޝަން" ގާނޫނުގެ ދަށުންނެވެ. މިގާނޫނުގައިވާ ގޮތުން އެމެރިކާގެ އެހީ ލިބޭ ގައްޒާ އަދި ހުޅަނގު އައްސޭރީގެ ފަރާތްތަކާއި ދެކޮޅަށް އެމެރިކާގެ ކޯޓު ތަކުގައި ދައުވާ ކުރެވޭނެއެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމާއި ގުޅިގެން ޕަލަސްޓައިން އޮތޯރިޓީ (ޕީއޭ) ގެ އިސް މަސްއޫލިވެރިޔަކު ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، އެހީތައް ހުއްޓާލުމަށް އެދި އެމެރިކާގެ ސުޓޭޓް ޑިޕާޓްމެންޓުގައި ސިޓީއަކުން އެދިފައިވާނެ ކަމަށާއި، ކޯޓައް ހާޟިރުވާން ޖެހޭނަމަ އެފަދަ އެއްވެސް އެހީއެއް ބޭނުން ނުވާކަމަށެވެ.

މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ އެކި ފަހަރު މަތިން އެގައުމުން ފަލަސްތީނަށް ދެމުން ދިޔަ އެހީތައް ހުއްޓާލާފަ އެވެ. އޭގެތެރޭގައި މާލީ އެހީތެރިކަމުގެ އިތުރުން ހިއުމަނިޓޭރިއަން މަސައްކަތްތަކަށް ދޭ އެހީތައް ވެސް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް