ރަމަޟާން މަހާ ދިމާކޮށް މިފްކޯއިން ތުތިބޯވަދިލަމަސް މާކެޓަށް ނެރެފި

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)  އިން ތުތިބޯވަދިލަމަސް ރާއްޖޭގެ މާކެޓަށް ނެރެފިއެވެ.

މިކަމަށްޓަކައި މިއަދުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވީ ތުތިބޯވަދިލަމަހަށް ޑިމާންޑް އެބައޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި ތުތިބޯވަ ދިލަމަސް މިއަށް ވުރެން ރަނގަޅު އަގެއްގައި ރައްޔިތުނަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި މަސްވެރިންގެ އަތުން މިފްކޯއަށް ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރ. އަށެވެ. މިފްކޯއިން ތުތިބޯވަދިލަ މަހުގެ އެކި ބައިތައް ވިއްކަނީ އެކި އަގުގައވެެ. އެ ގޮތުން އަގުތައް އުޅެނީ ކިލޯއެއް 160ރ. އާއި 250ރ. އަދި 250ގ. ކަޓްޕީސް 75.50ރ. ގައެވެ.

ތުތިބޯވަދިލަމަސް މަސްވެރިކަން ރާއްޖެ އަށް ތަޢާރަފްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެއްގެ ތެތޭގައި ހިމެނޭ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ