ހެރިޓޭޖް މިނިސްޓްރީން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

ހެރިޓޭޖް މިނިސްޓްރީން އިސްވެ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގައި އިސްވެ ހަރަކާތްތެރިވަނީ ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޯދަމަހާ ދިމާކޮށް މިސްކިތްތަކުގެ ވަޅު ދިޔަ ހިއްކައި ގޯތި ތެރޭގައި ވެލި ލުމަކީ ޒަމާނުއްސުރެ ދިވެހީން ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން އެ މިނިސްޓްރީން ނިންމީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މިސްކިތް ކަމަށްވާ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކަމަށެވެ.

އާބާތުރަ ފިލުވުމުގެ ގޮތުން މިއަދުވަނީ ހުކުރު މިސްކިތުގެ ދެކުނު ފަރާތުގެ ވެލިގަނޑު އެއްވަރުކޮށް މަގު ފާރުގެ އެއްބައި ފެންޖަހައި ސާފު ކޮށްފައެވެ. އަދި މިރޭވަނީ މަގުފާރުގައި ކުލަލުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.

ހެރިޓޭޖް މިނިސްޓްރީން އަންނަނީ ދިވެހިންގެ ތެރޭގައި ހުރި ޒަމާންވީ ރިވެތި އާދަތައް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައިހުރި ޒަމާންވީ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްވެސް އެމިނިސަޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ