ޓްރަމްޕްއާއި ކިމް ދެވަނަ ފަހަރަށް ބައްދަލްކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ދެ ވަނަ ނިއުކްލިއާ ސަމިޓް އެއް ބާއްވާނެކަމަށް ޓްރަމްޕް އެބޭފުޅާގެ ރިޔާސީ ބަޔާނުގައި މިއަދު އިއުލާން ކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ފެބްރުއަރީ 27-28 ގައި ނޯތު ކޮރެއާގެ ލީޑަރާ އެކު ވިއެޓްނާމުގައި ދެ ވަނަ ސަމިޓެއް ބާއްވާނެ ކަމަށެވެ. ފުރަތަމަ ސަމިޓް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އެވެ.

ފުރަތަމަ ބޭއްވުނު ސަމިޓުގެ ކާމިޔާބީ ފާހަގަ ކުރަމުން ޓްރަމްޕް ބުނެފައިވަނީ، ރަހީނުން އެނބުރި ގައުމަށް އަތުވެއްޖެ ކަމަށާއި ނޯތްކޮރެއާގެ ނިއުކުލިއަރ ޓެސްޓްކުުރުން މިހާރު ހުއްޓާލައިފައި ވާކަމަށާއި ނިއުކްލިއަރ މިސައިލް އެއް ޓެސްޓް ނުކުރާތާ 15 މަސް ވެފައިވާ ކަމަށެވެ. އަދި ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް އިންތިހާބް ނުކުރިނަމަ މިހާރު ދެގައުމު އޮންނާނީ ބޮޑު ހަނގުރާމައެއްގައި ކަމަށެވެ.

ޓްރަމްޕް ވެގެން ގޮސްފައިވަނީ ނޯތު ކޮރެއާގެ ލީޑަރަކާ ބައްދަލު ކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ