ތިލަދޫގައި ހެދި "ނޮޓްލެސް މޯލްޑިވްސް" ހުޅުވައިފި

ބ. ތިލަދޫގައި ހެދި ދަ ނޮޓްލެސް މޯލްޑިވްސް ބީޗް އެންޑް އޯޝަން ހައުސް ރިސޯޓް ހުޅުވައިފިއެވެ.

ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިޔަ ރިޒާވްގައި ތަރައްގީކޮށްފައިވާ "ނޮޓްލެސް މޯލްޑިވްސް"  ގައި 26 ބީޗް އަދި އޯޝަން ހައުސް ހުންނައިރު،  މި ގެތަށް ފަރުމާކޮށްފައިވަނީ ރިސޯޓަށްދާ މީހާއަށް އެ ތަނަކީ އަމިއްލަ ގޭގެ ގޮތުގައި އިހުސާސް ކުރެވޭ ގޮތަށެވެ. މި ގެތަކުގެ ތެރޭގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރީގެ ބީޗް ހައުސް ހިމެނޭއިރު، މި ރިސޯޓުގައި ހަދާފައިވާ އޯޝަން ހައުސްތަކުގައި ޕްރައިވެޓް ސުވިމިން ޕޫލްވެސް ހުރެއެވެ.

އަލަށް ހުޅުވި، މަތީ ފެންވަރުގެ ދަ ނޮޓްލެސް މޯލްޑިވްސް ބީޗް އެންޑް އޯޝަންއަކީ، ރިސޯޓްގެ މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ވެސް އަމިއްލަ ގެ އިން ހިދުމަތް ދެވޭ ގޮތަށް، އަމިއްލަކަން އިހުސާސްވާ ގޮތަށް ފަރުމާކޮށްފައިވުމެވެ. ހަމަ އެއާއެކު މި ރިސޯޓުގެ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމަށް ހާއްސަ ގަޑިއެއް ނޯންނައިރު، ރެސްޓޯރެންޓްތަކުގައި ހާއްސަ ފިކްސް މެނޫނެއްވެސް ނޯވެއެވެ. އަދި ރެސްޓޯރެންޓްތަކުން ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ބޭނުންވާ ކޮންމެ ކާއެއްޗެއް ތައްޔާރު ކޮށްދެ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މަތީ ފެންވަރުގެ މި ރިސޯޓުގައި، ރިސޯޓަށް ހާއްސަކޮށް ވަކި ޑްރެސްކޯޑެއްވެސް ނޯވެއެވެ.

ފަރުރުވެރިކަމަށް އަލަށް ގިނަ ރިސޯޓްތަކެއް ނިކުންނަން ތައްޔާރުވަމުންދާއިރު، ފެންވަރު ރަނގަޅު ރިސޯޓްތައް އިތުރުވެގެން ދިއުމަކީ ޤައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް