ބޭނުންވާ ތަކެތި:
- 5 ތާޒާ ސްޓޯބެރީ
- 2 މޭޒުމަތީ ސަމުސާ ހަކުރު
- 1 ޖޯޑު ރޯކިރު
- 3 ސްކޫޕް ސޮޓޯބެރީ އައިސްކްރީމް
- 1 މޭޒުމަތީ ސަމުސާ ހިކިކިރު
- 1 މޭޒުމަތީ ސަމުސާ ވެނިލާ އެސެންސް
- އައިސްކިއުބް
ތައްޔާރު ކުރާނެ ގޮތް :
ސްޓޯބެރީ ތަކުގެ ތޮށި މަށާލުމަށްފަހު ރޯކިރާއި އެކު ރަނގަޅަށް އެއްވަންދެން މިކްސްޗަރުގައި ގިރާލާށެވެ. އަދި އެއަށްފަހު އޭގެތެރެއަށް ހަކުރު، ވެނީލާ އެސެންސް، ހިކިކިރު އަދި ދެ ސްކޫޕް އައިސްކްރީމް އެޅުމަށް ފަހު އަނެއްކާވެސް މިކްސް ކޮއްލާށެވެ. ދެން ތައްޓަކަށް އެޅުމަށް ފަހު އައިސްކިއުބާއި ބާކީ ހުރި އައިސްކްރީމް ސްކޫޕް އޭގެ މަށްޗަށް އަޅާލާށެވެ. މިހާރު ހުންނަނީ ސްޓޯބެރީ މިލްކްޝޭކް ތައްޔާރުކޮށް ނިމިފައެވެ.