އިރާގުގައި ޕަބްޖީ ކުޅުން މަނާކޮށްފި

ރޯދަމަހާ ދިމާކޮށް އިރާޤުގައި ޕަބްޖީ ކުޅުން މަނާކުރުމަށް ރައްޔިތުންގެ އެ ޤައުމުގެ މަޖީލީހުން ފާސްކޮށްފިއެވެ.

މި ބިލް ފާސްކުރުމާ ބެހޭގޮތުން އިރާޤގުގެ ސަރަކުކާރުން ވިދާޅުވީ، މި ފަދަ ވީޑިއޯ ގޭމްސްތައް ކުޅުމަކީ، އޭގެން މަޖުތަމަޢުއަށް ނޭދެވޭ އަސަރުކުރާ އަދި ގައުމުގެ ސަލާމަތައް ނުރައްކާ ފޯރުވާ ކަމެއް ކަމަށެވެ. ޕަބްޖީގެ އިތުރުން އެހެން ވީޑިއޯ ގޭމްތައް ކުޅުންވެސް ވަނީ އިރާޤުގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ފަދަ ގޭމް ތަކަކީ ސިއްހަތަށާއި، އަދި ޤައުމުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ގޮތުގައި މިހާރު މިބިލް އިރާޤުގެ މިޖިލީހުން ފާސްކޮށްފައިވާއިރު، އިރާގުގެ މަޖިލީހުން އިތުރަށް މި ބިލް ފާސްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި މިގޭމްތަކުގެ ސަބަބުން މީހުން މެރުމަށް ހިތްވަރު ލިބުން ހިމެނޭއިރު، ގޭމުގެ އަވައިގައި ޖެހި، އެތަކެއް ޒުވާނުންނެއް ބޭކާރު ވަގުތުތަކެއް ހޭދަކުރުން ކަނޑައަޅާފައިވެއެވެ.

ޕަބްޖީގެ އިތުރުން، އިރާޤްގައި ކުޅުން މަނާކަމަށް ބިލްގައި ކަނޑައަޅައިފައިވާ މަޝްހޫރު ގޭމްތަކުގެ ތެރޭގައި، ފޯރޓް ނައިޓް، ބްލޫ ވޭލް އަދި މިފަދަ އެތަކެއް ގޭމްތަކެއް ހިމެނެއެވެ. އަދި އިރާޤް އިން ޕަބްޖީ ކުޅުން މަނާކޮށްފައިވާއިރު، މީގެކުރިން އެހެން ޤައުމުތަކުންވެސް ވަނީ މި ގޭމް ބޭން ކޮށްފައެވެ.

ރޯދަމަސް މިހާރު ފެށިފައިވާއިރު، ބޭކާރު ގޮތުގައި މިފަދަ ގޭމްތައް ކުޅުމުގައި ވަގުތު ނަގާނުލާ، އަޅުކަމުގައި މަޝްއޫލުވެ އުޅުމަށް ލިބިގެންދޭނެ ހިތަވަރަކަށް އިރާޤްގެ މި ނިއްމުން ވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ