އަލަށް ހުޅުވި އޮރެންޖް މާރޓް

އޮރެންޖް މާރޓް: ރޯދަމަށް މުޅިން އާ މާރޓެއް!

"އޮރެންޖް މާރޓް"ގެ ނަމުގައި ރޯދަމަހަށް މާލޭގައި މުޅިން އާ މާރޓެއް ހުޅުވައިފިއެވެ.

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުޅުވި މި ފިހާރަ ހުޅުވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުގައެވެ. "އޮރެންޖް މާރޓް" ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

ފިހާރަ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އަސްލަމް ވަނީ އެފިހާރައިން ވިޔަފާރިކުރައްވާފައެވެ. އޮރެންޖް މާރޓްގެ ވިޔަފާރި ރެއިން ފެށިގެން ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

"މިފިހާރައިން އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ. ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބޭނެ. މީގެ އިތުރުންވެސް ތަފާތު ބާވަތްތަކުގެ މުދާ މިފިހާރައިން ލިބެން ހުންނާނެ." ކަމަށް އޮރެންޖް މާރޓްގެ އޮފިޝަލް ހާމަކުރިއެވެ.

"އޮރެންޖް މާރޓް" އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް