ޅައިމަގު ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ށ. ޅައިމަގުން މާލެ ދަތުރުކުރާ ބޯޓަކުން ގެއްލުނު ބަންގްލަދޭޝް މީހާ ހޯދުމަށް ކަނޑުގައި ހިންގި އޮޕަރޭޝަނުގައި އެމީހާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބަންގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ލުތުފަރުނަމަކަށް ކިޔާ މި ބިދޭސީ މީހާއަކީ އެރަށު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ، އެ އިދާރާގެ ތަހުގީގުން ހޯދި މައުލޫމާތުގެ އަލީގައި ގެއްލިގެން އުޅޭ ލުތްފަރު އޮތްކަަމަށް ބެލެވޭ ކަނޑުގެ ސަރަހައްދު ފުލުހުން ޑައިވްކޮށްގެން ބެލިބެލުމުގެ ތެރޭގައި ލުތްފަރުގެ ހަށިގަނޑުގެ "ބައިތަކެއް ކަމަށް ބެލެވޭ" އިންސާނެއްގެ ބައިތަކެއް ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ