Leek and feta cheese flan or quiche, hot from the oven ready to serve.

ބަދިގެތެރޭން - ޕޮޓޭޓޯ ޗީޒް ޕައި

ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ޕޮޓޭޓޯ ޗީޒް ޕައި ހަދާނެގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 މަސްދަޅު
  • 8 ބިސް (ކުޑަ ލޮނު ކޮޅަކާއި އަސޭމިރުސްކޮޅެއް އަޅައި ގިރާފައި)
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 4 އަލުވި (ފޮތިފޮތިކޮށް ކޮށައި ތެލުލާފައި)
  • ޗީޒް
  • މިރުސް (ރަހަ ލާ ވަރަށް)
  • ލޮނު ( ރަހަ ލާ ވަރަށް)
  • އަސޭމިރުސް
  • ތެޔޮ
  • 2/1 ލުނބޯ

ތައްޔާރުކުރާނެ ގޮތް:

އެންމެފުރަތަމަ ފިޔާ، ލޮނު، އަސޭމިރުސް، ލުނބޯ، އަދި މިރުސް ލައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެ ތެރެއަށް މަސްދަޅު އަޅާލުމަށްފަހު ރަނަގަޅަށް އެއްކޮށްލާށެވެ.  ދެން ތަވާގައި ކުޑަ ތެޔޮފޮދެއް ހޭކުމަށްފަހު ތެލުލާފައި ހުރި އަލުވީގެ އެއްބައި ތަވާގައި އަތުރާލުމަށްފަހު އޭގެ މަތީގައި މޮޑުނު މަސްގަނޑުގެ އެބައި އަތުރައިލާށެވެ.

އެއަށްފަހު މަސްގަނޑުގެ މައްޗަށް ފޮތި ޗީޒް ނުވަތަ ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އެއަށްފަހު އޭގެމަށްޗަށް ގިރާފައިހުރި ބިހުގެ އެއްބައި އަޅާލާށެވެ. ދެން އަނެއްކާވެސް ހަމަ އެގޮތަށް ބާކީހުރި އަލުވި، މަސްގަނޑު އަދި ޗީޒް ކޮޅު ލޭޔާރސް ކޮށް އަތުރާލާށޭވެ. ދެން އޭގެމަށްޗަށް ގިރާފައިހުރި ބިސްކޮޅު އަޅައި، އުނދުނަށް ލައި މަޑު ގިނީގައި ދެފުށް ރަގަޅަށް ފިހެލާށެވެ. މިހާރު މިވަނީ ޕޮޓޭޓޯ ޗީޒް ޕައި ތައްޔާރުކޮށް ނިމިފައެވެ.

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ