ނޮޅިވަރަމުގައި ތަރާވީސް ނަމާދުކުރާ މައި މިސްކިތް "މަސްޖިދުލް ސަލާމު" ޒުވާނުންތަކެއް އިސްނަގައި ރަމަޟާންމަހަށް ފައްކާކޮށްލައިފިއެވެ.
އެގޮތުން މިސްކިތު ފާރުގައި އަދި ތަނބުތަކުގައި ފަންކާތަކެއް ހަރުކޮށް، މިސްކިތުގައި ތިބޭއިރު ވާ ހޫނަށް ވަނީ ހައްލެއް ހޯދައިދީފައެވެ. އަދި ތަރާވީހަށްދާ މީހުންނަށް ބޭނުންވާނެ ފެން ހޯދައިދީފައެވެ.
މިކަމަށް ފުރުސަތު ހުޅުވާލިތާ ހިނދުކޮޅެއްގެ ތެރޭގައި، އާންމުންގެ ތެރެއިން ދެ މީހަކު އިސްނަގައި، ބޭނުންވާ އަދަދަށް "ތާޒާފެން" ވަނީ ހަދިޔާކޮށްފައެވެ. ހަމަ އެއާއެކު ވަރަށް ގިނަ އަދަަދެއްހެ އާންމު ފަރުދުންނާ، މުއައްސަސާތަކުންނާއި، ކުލަބު ޖަމިއްޔާތަކުންނާއި ބައެއް ޒުވާނުންގެ ގުރޫޕުތަކުން ވަނީ ނޮޅިވަރަމު "ހެލްޕު ތަރާވީސް" އަށް ފައިސާ ހަދިޔާކޮށްފައެވެ. އެގޮތުން 54،378 (ފަންސާސް ހަތަރު ހާސް ތިން ސަތޭކަ ހަތްދިހަ އަށެއް) ދިވެހި ރުފިޔާއާއި، 500 (ފަސް ސަތޭކަ) އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.
މި ފަންޑުގެ އިތުރުން، މިސްކިތުގެ އަޑުގަދަކުރާ އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ޒުވާނުން ފުޓުބޯޅަ ޓީމެއް ކަމަށްވާ "ޗަކުލީ ފުޓުބޯލް ޓީމް" ގެ ފަރާތުން ވަނީ މިސްކިތަށް 4 އަޑުގަދަކުރާ ހަދިޔާކޮށް އެ މައްސަލައަށް ވެސް ހައްލު ހޯދާފައެވެ.
ނޮޅިވަރަމަކީ، ހދ. އަތޮޅުގެ ދެވަނައަށް އެންމެބޮޑު އާބާދީ އޮންނަ ރަަށެވެ. އަދި އިޖުތިމާއީ ގިނަ ކަންތައްތަކެއް ވަރަށް ފޯރިއާއެކު ކުރަމުންދާރަށެކެވެ.
ހިޔާލު
ގިނަރައް ތަކުގެ މިސްކިތްތައް މިހާރު ވަނީ އޭސީ ކޮށްފައި
ކޮމެންޓް ކުރުން ބަންދު