މިޔަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެނޫސްވެރިން މިނިވަންކޮށްފި

ރޯހިންގާ ގައި މިޔަންމާގެ އަސްކަރިއްޔާއިން މުސްލިމުންނާއި ދެކޮޅަށް ހިނގި ގަތުލުއާންމު ރިޕޯޓުކުރި ރޮއިޓާސްގެ ދެނޫސްވެރިން މިނިވަން ކޮށްފިއެވެ.

މި ދެނޫސްވެރިން މިނިވަންކޮށްފައިވަނީ މިޔަންމާ ރައީސްގެ ހާއްސަ މާފުގެ ދަށުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހު ދެއަހަރަށް ޖަލު ހުކުމް ކޮށްފައިވާ މިދެނޫސްވެރިން މިނިވަންވެފައި މިވަނީ ޖަލުގައި 500 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށް ފަހުގައެވެ.

ރޮއިޓާސްގެ ނޫސްވެރިން ހައްޔަރު ކުރުމާއި ގުޅިގެން މިޔަންމާ ސަރުކާރަށްވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިގޮތުން މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުންކަމަށް ސިފަކޮށްފައި ވެއެވެ.

ޖަލުން މިނިވަންވެ ނޫސްވެރިންނާއި ވާހަކަދައްކަމުން މި ނޫސްވެރިން ބުނެފައިވަނީ، ނޫސްވެރިކަން ހުއްޓައި ނުލާނެ ކަމަށާއި އާއިލާ އާއި ބައްދަލު ވެވޭތީވެ ވަރަށް އުފާވާ ކަމަށެވެ.

މިޔަންމާ ސަރުކާރުން ރޯހިންގާ ގައި ދިރިއުޅޭ ރައްޔިތުންނާއި ދެކޮޅަށް އެތަކެއް ލާއިންސާނީ އަމަލުތައް ހިނގައިފައި ވާކަންވަނީ ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ފަޅާ އަރުވާލައިފައެވެ. މިކަމާއި ގުޅިގެން މިޔަންމާގެ ސަރުކާރަށްވަނީ އެތަކެއް ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން ވަނީ މިޔަންމާ އާއި ދެކޮޅަށަ ދަތިކުރުމުގެ ފިޔަވަޅުވެސް އަޅައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ