ބިލެތްދޫ ވެވު ނުކޮނުމަށް ހެރިޓޭޖް މިނިސްޓަރ އެދިވަޑައިގެންފި

ފ.ބިލެއްދޫގައި އާސާރީ ވެވެއް ހުރި ތަނެއްކަމަށް ބުނާ ތަން ކޮންނަމުންދާތީ، އެކަން ހުއްޓާލުމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން އެދިވަޑައިގެންފިއެވެ.

މިކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ލަފަޔާއި ނުލައި އެފަދަ ކަމެއްކުރުމަކީ، އާސާރަށް ގެއްލުން ލިބޭނެ ކަމަކަށްވާތީ އެކަން ނުކުރުމަށް އަންގާކަމަށެވެ. އަދި މިފަދަ ތަންތަން ކޮންނަންވާނީ ގެއްލުން ނުވާގޮތަށް، މިނިސްޓްރީއާއި ފަންނީ މީހުންގެ ލަފަޔާއިއެކުކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފ.ބިލެއްދޫ ވެވަކީ ހެރިޓޭޖް މިނިސްޓްރީން އަލަށް އެކުލަވާލި ތަރިކައިގެ ލިސްޓުގައިވެސް ހިމަނާފައިވާ ތަނެއްކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ދިވެހިންގެ ތާރީޚާއި އިހުޒަމާނުގައި ދިވެހިން ދިރިއުޅުނު ގޮތާއި މަސައްކަތްތެރިކަން ދައްކުވައިދޭ މިފަދަ ތަންތަން ހިމާޔަތްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ