އިތުރު 50 ދިވެހިން ރާއްޖެ ގެނެސްފި

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން އިތުރު 50 މީހަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ފޮރިން މިނިސްޓްރީއާއި އިންޑިއާއާ އެކު ކުރި މަސައްކަތުން ބޭރުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން އިތުރު 50 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި މިމީހުން ގެނެސްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމުން ކަމުގައިވެސް އެކުންފުނިން ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓްރީއިން މިއަދު ވިދާޅުވީ، އިންޑިއާގެ 16 ސިޓީއަކުން 234 ދިވެއްސަކު މިއަދު ރާއްޖެ އަންނަގޮތަށް ހަމަޖެހިފައިވާކަމަށާއި، މިމީހުން ރާއްޖެ އަންނާނީ މޯލްޑިވިއަންގެ ދެފްލައިޓެއްގައިކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢަމަލުކުރަމުންދާ ޢުޞޫލުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކުވެސް14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެއެވެ.

ދިވެހި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 862 އަށް އަރާފައިވާއިރު، އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 478 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ. ދިވެހިންގެ 288 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ރާއްޖޭގައި މިހާތަނަށް 30 މީހަކު ވަނީ މި ބަލިން ރަންގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ