ގޭމް އޮފް ތުރޯންސްގައި އޮޅިގެން ހިމެނިފައިވާ ކޮފީ ތަށި - ފޮޓޯ: އެންޓަޓެއިންމެންޓް ޓުނައިޓް

ކޮފީތަށި މައްސަލައިގައި ގޭމް އޮފް ތޮރޯންސްގެ ޕްރޮޑިއުސަރުން މާފަށް އެދިއްޖެ

ދުނިޔޭގެ އެންމެ މަޤުބޫލު ޓީވީ ޝޯ ގޭމް އޮފްތޮރޯންސްގެ އެންމެ ފަހު އެޕިސޯޑުގައި ސްޓާބަކް ކޮފޯތައްޓެއް މި އެޕިސޯޑުގެ މަންޒަރެއްގައި ފެނިގެންދިޔަ ވާހަކައަކީ، މި ހަފްތާ ތެރޭގައި ސޯޝަލް މީޑިއާގައި ދެކެވުނު އެންމެ ހޫނު އެއް ވާހަކައެވެ.

ކޮންމެއަކަސް އެންމެފަހުން ގޭމް އޮފްތޮރޯންސްގެ ޕްރޮޑަކްޝަން ޓީމުން މިވަނީ ހެދުނު މި ގޯހަށް މާފަށް އެދިފައެވެ.

 އެޕިސޯޑު 4  "ދަ ލާސްޓް އޮފް ދަ ސްޓާކްސް" ގައި، “ދަ ގްރޭޓް ވާ” ކާމިޔާބުކުރުމަށްފަހު ވިންޓަފެލްގައި ޓޯމުންޑްއާއި ޖޯން ސްނޯއަށް ތަޢުރީފުކޮށް މައްލަވަ ކުރާތަށް  ބަލަން މަދާ އޮފް ޑްރެގަން ފަހަތުގައި ހުންނަ މި މަންޒަރުގައި، މަދާ އޮފް ޑްރެގަންގެ ކުރިމަތިން ސްޓާބަކްސް ކޮފީ ތައްޓެއް ފެންނަން ހުންނަ މަންޒަރު ފެނެއެވެ.

ދުނިޔޭގެ ތާރީޙްގައި އުފެއްދި އެންމެ މަޤުބޫލު ޓީވީ ސީރީޒް ގޭމް އޮފް ތޮރޯންސްގެ ކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ސީރީޒް ގެ ޕްރޮޑަކްޝަން ޓީމުން ކޮށްފައިވާ މޮޅު މަސައްކަތެވެ. މިހާތަނަށް ސިރީޒްގެ އެއްވެސް އެޕިސޯޑެއްގައި މިކަހަލަ ގޯހެއް ހަދާފައިނުވާއިރު، ފޭނުން މިކަން އެހާ ބޮޑު ޖޯކަކަށް ހެދުމުގެ އެންމެ ބޮޑު ސަބަބަކީވެސް މިއީއެވެ.

ގޭމް އޮފް ތޮރޯންސްގެ ޕްރޮޑިއުސަރ "ބާރނީ ކޯލްފީލްޑް"، ފޭނުން ކިބައިން މިކަމަށް މާފަށް އެދެމުން ބުނެފައިވަނީ، މި ކަހަލަ ގޯހަކީ ޝޯގައި އާއްމުކޮށް ހެދޭ ގޯހެއް ނޫންކަމަށެވެ.

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަންގެ ފަހު ދެ އެޕިސޯޑު ބާކީ އޮތް އިރު ބެލުންތެރިން ސިއްސުވާލާނެ މަންޒަރުތައް ފަހު ދެ އެޕިސޯޑުން ފެނިގެން ހީނުކުރާފަދަ މަންޒަރުތަކެއް ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ