ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީސްގެ ބާވަތްތަކެއް ރާއްޖެ ބާޒާރުގައި

"އީކޮލައި" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތް " ސަން ފެލިސިއަން" އަދި "ސަން މަރްސްލަން" ބާވަތްތަކުގެ ޗީޒް ޔޫރަޕުން ރާއްޖެ އެތެރެވެފައިވާ ކަމުގެ މަޢުލޫމާ ލިބިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، އެބާތްތަތަކުގެ ޗީޒް ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް އިން އަދި ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެ އުފެއްދުންތައް ދިވެހި ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވިދާޅުވިއެވެ.

"ވީމާ ރައްކާތެރިކަމުހެ ފިޔަވަޅެއްގެ ގޮތުން 31 މެއި 2019 ގެ ނިޔަލަށް މުއްދަތު ހަމަވާ ފްރާންސްގެ "ފުޑް އެންޑް ޑަރަގް އޮތޯރިޓީ" އަދި "SAINT MARCELLIN" ޗީޒް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތަޣައްޔަރުވެފައިވާ މި އުފެއްދުންތައް ވިއްކަން ހުރިކަން ފާހަގަކުރެވިއްޖެނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު 3014361 ފޯނަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ