އިސްލާމީ މަރުކަޒު | ފޮޓޯ: މިހާރު

ޖަމާޢަތުގައި ނަމާދު ނުކުރުމުގެ މުއްދަތު އިތުރުކޮށްފި

ޖަމާޢަތުގައި ނަމާދު ނުކުރުމަށް ނިންމި ނިންމުމުގެ މުއްދަތު އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތް އޮތުން 28 މޭ 2020 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައި ވާކަމަށެވެ.

މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ޖަމާއަތުގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު އަދި ތަރާވީހް ނަމާދު ކުރުން މެދުކަނޑާލުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

އަނެއްކާވެސް އިތުރު 14 ދުވަހަށް ޖަމާޢަތުގައި ނަމާދު ކުރުމުގެ މުއްދަތު އިތުރު ކޮށްފައިވާއިރު މާރޗު މަހުގެ 18 ން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފަ އެވެ.

ރާއްޖެއެކޭ އެއްގޮތަށް ގިނަ އިސްލާމީ ގައުމުތަކުގައި މި ރޯދަ މަހުވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ މެދު ކަނޑާލައިފައެވެ. އެގޮތުން ސައުދީއަރަބިއްޔާ އާއި މިސްރު އަދި އިންޑޮނޭޝިއާ ފަދަ މުސްލިމް ބޮޑެތި އާބާދީތައް އޮންނަ ގައުމުތަކުގައިވެސް ޖަމާއަތުގައި ނަމާދު ކުރުންވަނީ މެދު ކަނޑާލައިފައެވެ.

މިލިޔުން ކިޔާލުމުން
75
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ