ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ދޮންކެޔޮ ޕުޑިން ޕައި ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި
3 ވައް ދޮންކެޔޮ (ކޮށާފަ)
3/4 ތަށި ސްކިމް މިލްކް
8 އައުންސް ވެނީލާ ޔޯގަޓް
1 ޕްރިމޭޑް ޕައި ކްރަސްޓް
3.4 އައުންސް ވެނީލާ ޕުޑިން، ސްޓްރޯބެރީ އަދި ދޮންކެޔޮ ކުދިކޮށްކޮށާފައި
ތައްޔާރުކުރާނެ ގޮތް
ކޮށާފަ ހުރި ދޮންކޭލުން އެއްބައި ޓްރޭ އެއްގައި އަތުރާށެވެ. ދެން ކިރު، ވެނީލާ ޔޯގަޓް، އަދި ވެނީލާ ޕުޑިން މިކްސަރަކުން މިކްސް ކޮށްލާށެވެ. އެއަށް ފަހުގައި މިކްސްކުރިބައި ޓްރޭއަށް އަޅާލުމަށްފަހު އެއް ގަޑިއިރު ވަންދެންފްރިޖްގައި ބަހައްޓާށެވެ. އޭގެ ފަހުން ސްޓްރޯބެރީ އަދި ބާކީ ހުރިދޮންކެޔޮ އޭގެ މައްޗަށް އަޅާލާށެވެ.
މިހާރު މިވަނީ ދޮންކެޔޮ ޕުޑިން ޕައި ތައްޔާރުކޮށް ނިމިފައެވެ.