ޗެލްސީގެ ކޯޗު، ސާރީ - ފޮޓޯ: ދަފޯޓީޓޫ

އެޕީލްވެސް ނާކާމިޔާބުވެ ކުރިއަށްއޮތް ދެޓްރާންސްފާ މާކެޓު ޗެލްސީއަށް ބަންދު

ޗެލްސީއަށް އަދަބުދިނުމުގެ ގޮތުން ކުރިއަށް ދެޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ނުގެނެވޭ ގޮތަށް ހަދާފައިވާ މައްސަލައިގެ އެޕީލްވެސް ނާކާމިޔާބުވެ ކުރިއަށްއޮތް ދެޓްރާންސްފާ މާކެޓު ޗެލްސީއަށް ބަންދުވެއްޖެއެވެ.

ފީފާއިން ޗެލްސީއަށް ދީފައިވާ މިއަދަބަށް ތާޢީދުކޮށް ފީފާ އެޕީލް ކޮމިޓީއިން ބަޔާންނެރެފައިވަނީ އިއްޔެއެވެ. ބެލެވޭ ގޮތުގައި ޗެލްސީއިން މިމައްސަލާގައި ފަހު ނިންމުން ނިންމަން ދެންދާނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށެވެ.

ފީފާގެ ޤަވާޢިދާ ޚިލާފުވެ ޗެލްސީއަށް ފިޔަވަޅުއަޅާފައިވަނީ ޒުވާން ކުޅުންތެރިން ޓީމަށް ގެނަ މައްސަލާގައެވެ. މިކަން ފީފާއަށް ފަޅާއަރައި ޗެލްސީއަށް އަދަބުދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އުމުރުން 18 އަހަރު ނުފުރޭ 29 އެއްހާ ކުޅުންތެރިން ޗެލްސީއަށް ގެނެސްފައިވާކަން ފީފާއަށްވަނީ އެނގިފައެވެ.

ފީފާގެ މިއަދަބުން ޗެލްސީ ސަލާމަތް ނުވެއްޖެނަމަ ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގައި ޗެލްސީއަށް އިތުރު ކުޅުންތެރިއަކު ނުގެނެވޭނެއެވެ. 2020 ގެ ހޫނު މޫސުމުގެ ޓްރާންސްފާގެ ކުރިން ޗެލްސީއިން ފެންނާނެ ހަމައެކަނި އާ މޫނަކީ ކްރިސްޓިއަން ޕުލިސިޗްއެވެ.

މި އަދަބުގެ ސަބަބުން ޗެލްސީއިން ލޯނަށް ދޫކޮށްފައިވާ ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކައި ސާރީގެ ފުރަތަ އެގާރައިން ފެނިގެން ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ސްޓްރައިކަރ ޓަމީ އަބްރަހަމް އަދި ޒުވާން މިޑްފީލްޑަރ މޭސަން މައުންޓް ހިމެނެއެވެ.

އެޑެން ހަޒާޑް - ފޮޓޯ: ޗެލްސީ ނިއުސް

އެހެންނަމަވެސް އުފެދޭ ބޮޑު ސުވާލަކީ ޗެލްސީގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްކަމަށްވާ އެޑެން ހަޒާޑު ޗެލްސީގައި މަޑުކުރާނެކަމާމެދުއެވެ. ރެއަލްމެޑްރިޑްއިން ހަޒާޑްއަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު ހަޒާޑު މިހާރު އެދަނީ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ފަހު 12 މަހަށެވެ. ހަޒާޑް ނެތްތައް ފޫ ބައްދަން އިތުރު ކުޅުންތެރިއަކު ނުގެނެވި ހަޒާޑު ޗެލްސީ ދޫކޮށްލައިދިނަމަ ޗެލްސީއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެއެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށްވެސް ޗެލްސީވަނީ ކޮލިފައިވެއެވެ.

މިފަހުން ދިން އިންޓަވިއުއްގައި އެޅޭ ފިޔަވަޅަކުން މުސްތަޤުބަލުގައި ހިތާމަކުރަން ބޭނުންނުވާކަމަށް ހަޒާޑްވަނީ ބުނެފައެވެ. ގިނަބަޔަކު ދެކޭ ގޮތުގައި ހަޒާޑުގެ އެވާހަކައަކީ ރެއަލްމެޑްރިޑްގެ ހުށައެޅުން ޤަބޫލުނުކޮށް ފަހުން އެކަމާ ހިތާމަކުރަން ބޭނުންނުވާ ވާހަކައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ