ލީގުގައި ބާކީ 13 މެޗު އޮތްއިރު ތައްޓަށް ވާދަކުރަނީ ހަމައެކަނި ދެޓީމު ނޫންކަމަށް މެންޗެސްޓަރ ސިޓީގެ މެނޭޖަރ ޕެޕް ގާޑިއޯލާ ބެފިއެވެ. ގާޑިލޯ މިހެން ބުނެފައިވާއިރު ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ އޮތީ ޓޭބަލްގެ ދެވަނައިގައެވެ. ޓޭބަލްގެ އެއްވަނައިގައި ލިވަރޕޫލްއޮތީ ސިޓީއަށްވުރެ އިތުރަށް 3 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް މިރޭ އެވަރޓަންއާ ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ ތާވަލްގެ އެއްވަނައަށް ސިޓީ ޖެހިލާނެއެވެ. އެއީ ލިވަރަޕޫލްއަށް ވުރެ އެއް މެޗު އިތުރަށްކުޅެ، ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެ، ލަނޑުގެ ތަފާތުން ސިޓީއަށްކުރި ލިބެނީއެވެ.
ޓޮޓޭންހާމް މިޖާގަ ހޯދަން 5 ޕޮއިންޓް ބޭނުންވާއިރު ވާދަވެރި ޗެލްސީ 12 ޕޮއިންޓް ބޭނުންވެއެވެ. އަދި ޔުނައިޓަށް މަދުވަނީ 14 ޕޮއިންޓެވެ.
ބީބީސީ ސްޕޯރޓްސްއަށް ގާރޑިއޯލާ ދިން އިންޓަރވިއުގައި އިތުރު 39 ޕޮއިންޓް ހޯދުމުގެ ފުރުޞަތު ހުރިހާ ޓީމަކަށްވެސް އޮތްއިރު 9 ނުވަތަ 10 ޕޮއިންޓް ފަހަތުގައި އޮތް ޓީމަކަށް ކުރި ހޯދުން އެއީ މާ އުނދަގޫ ކަމެއްނޫންކަމަށާއި، ޓޮޓޭންހާމްއަށްވެސް ފުރުޞަތު އަދިވެސް އެބައޮތްކަމަށާއި ޔުނައޓެޑް މިހާރު ދައްކަމުންދާ ފުރިހަމަ ކުޅުމުން އެމީހުންވެސް މިފަހަރުގެ ތަށި އުފުލާލުން ދުރުނޫންކަމަށް އަދި މީގެ ތިނެއް ނުވަތަ ހަތަރެއް ދުވަސް ކުރިން ޗެންޕިއަންއަކީ ލިވަރޕޫލްކަމަށާއި އެކަމު މިހާރު ލިވަރޕޫލްއަށްވުރެ މައްޗަށް އެރުމުގެ ފުރުޞަތު ސިޓީއަށްވެސް އެބައޮތްކަމަށާއި، މިފަހަރުގެ ތަށިލިބޭނެ ޓީމެއް ކަށަވަރުވާނީ އެންމެފަހު ދެމެޗުންކަމަށް ޤަބޫލުކުރާކަމަށް ބުނެފައިވެއެވެ.
މިއަރު ފެށުނު އިރު 7 ޕޮއިންޓް ތަފާތުކޮށް ޓޭބަލްގެ އެއްވަނައިގައި ލިވަރޕޫލް އޮތްނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން އެއްވަރު މިތަފާތު މިހާރުވަނީ 3 ޕޮއިންޓާއި ކައިރިވެފައެވެ. ލިވަރޕޫލަށް އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 1990ގައި ކަމަށްވާއިރު ލިވަރޕޫލްގެ ހުރިހާ ކުޅުންތެރިންވެސް މިވަގުތު ކުޅެމުންދަނީ ބޮޑު ޕްރެޝަރަކާއެކުގައެވެ.



