ހައިވޭގައި ވޭނެއް ކޮންޓްރޯލް ގެއްލި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބުރިޖާ ހުޅުމާލެ އާއި ގުޅުވައިދޭ ހަލިމަގު (ހައިވޭ)ގައި ވޭނެއް ކޮންޓްރޯލުން ނުކުރެވިގެންވެސް އެ މަގު ވަކިކުރަން ޖަހާފައިވާ ޑިވައިޑަރުތައް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށާއި، މި އެކްސިޑެންޓްއާ ގުޅިގެން ޑިވައިޑަރުތަކުގެ 78 ފޫޓު ހަލާކުވެފައިވާކަމަށެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:11 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހުޤީގުކުރަމުންދާކަމަށްވެސް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މީގެ 3 ދުވަސަކުރިން ވަނީ، ބާރު ސްޕީޑުގައި ދިޔަ ޕިކަޕެއްވެސް ކޮންޓްރޯލު ނުވެ ގޮސް ޑިވައިޑަރ ތަކުގައިޖެހި އެކްސިޑެންޓްއެއް ހިނގާފައެވެ.

ސިނަމާލެ ބުރިޖާ ހުޅުމާލެ އާއި ގުޅުވައިދޭ ހައިވޭގައި މި ފަދަ އެކްސިޑެންޓްތައް ގިނަވަމުންދާތީވެ، އެ ސަރަހައްދުގައި ކެމެރާ ހަރުކޮށް ޓްރެފިކަށް ހައްލު ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ