ރާއްޖޭގައި ފްލޯޓިން އައިލެންޑު ހަދަން އަނެއްކާ ވެސް ސޮއިކޮށްފި

ހޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ރާއްޖޭގައި ފްލޯޓިން އައިލެންޑު މަޝްރޫއު ހިންގަން، އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަސް ފަޅެއް 50 އަހަރަށް ދިވެހި ސަރުކާރާއި ޑަޗް ޑޮކްލޭންޑް ހިއްސާވާ ކުންފުންޏަކަށް ދިނުމުގެ އެއްބަސްވި، މި މަޝްރޫޢުގައި ސޮއިކުރިއެވެ.

އެ އެއްބަސްވުމުގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދު ސޮއިކުރައްވާފައިވާއިރު، އެ މަޝްރޫއު މިކުންފުންޏާއެކު ރާއްޖޭގައި ފަށާ ކަމަށް އޯގަސްޓް 17، 2015 ގައި އިނގިރޭސި ވިލާތުގެ ނޫހަކުން ވެސް އިއުލާން ކުރި އެވެ. ނަމަވެސް މި މަޝްރޫއަށް ވީގޮތާމެދު، އޭރުގެ ސަރުކާރުން އެއްވެސް ބަހެއް ބުނެފަކައި ނުވެއެވެ.

އަނެއްކާވެސް މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ މި މަޝްރޫއު ދެވަނަ ފަހަރަށް ސޮއި ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި ހޮލެންޑުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވެސް ބައިވެރިވަޑައި ގަތެވެ. އަދި ހޮލެންޑުގެ ސަފީރު ވަނީ ރައީސް މުހައްމަދު ނަސީދުއާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވާފަ އެވެ.

ރާއްޖޭގައި ތަރައްގީ ކުރާ ފްލޯޓިން އައިލެންޑް މަޝްރޫއުގެ ދަށުން ހަދަނީ ފެންމަތީގައި ފްލޯޓުކޮށް ހުންނަ ރަށް ތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ